ނައިވާދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސާ މަޝްވަރާކޮށްފި

ޚަބަރު ފަހުގެ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގެ ތަރައްގީގެ މަޝްރޫތަކާ ގުޅޭގޮތުން އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އާ މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެރަށު ކައުންސިލުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ އަދި، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސާ މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން، އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި އަތޮޅުގައި އަދި ރަށާ ކައިރި ސަރަޙައްދެއްގައި ޓޫރިޒަމް ފުޅާކުރުމާއި ނަރުދަމާ ނިޒާމުގެ މަޝްރޫއާ ގުޅޭގޮތުން ކައުންސިލުން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި، އެރަށުގެ ސްކޫލާއި ކައުންސިލް އިދާރާ އަދި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާ، ސިއްހީ ޚިދުމަތް ފުޅާކޮށް އިތުރަށް ތަރައްގީކުރުމާއި، ކައުންސިލް އިދާރާއާ ސިއްހީ މަރުކަޒަށް އިތުރު މުވައްޒަފުން ބޭނުންވާކަމާއި، ޒުވާނުންނަށް ވޮލީކޯޓެއްގެ މުހިންމުކަމާއި މި ނޫންވެސް ރަށުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މުހިންމު ކަންކަން މިބައްދަލުކުރެއްވުމުގައި އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ