މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ވަނަ އަހަރު ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދުމަތި ފެންމަތިނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރު ވެފައިވާ ކަމަށެވެ.
ޑރ. ޒާހިރު ވިދާޅުވީ، މިއަދުގެ އިރުއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ރަށަކަށް އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައި ނުވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރަން ރާއްޖޭގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެ މަތިން މާދަމާ އަކީ މި އަހަރުގެ ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
ފަލަކީ ހިސާބުން ދައްކާގޮތުގައި، ރާއްޖެ އަށް މިއަދު އިރުއޮއްސުމުގެ 17 މިނެޓު ކުރިން ހަނދު އޮއްސުނެވެ. މައްކާ އަށް އިރުއޮއްސުމުގެ 15 މިނެޓު ކުރިން، މިސުރަށް އިރުއޮއްސުމުގެ 15 މިނެޓު ކުރިން، ތުރުކީ އަށް އިރުއޮއްސުމުގެ 17 މިނެޓު ކުރިން، މޮރޮކޯ އަށް އިރުއޮއްސުމުގެ 10 މިނެޓު ކުރިން ހަނދު އޮއްސިފައިވެ އެވެ، އެއްވެސް ގައުމަކަށް މިރޭ ހަނދު ފެނުމުގެ ފުރުސަތެއް ނޯންނާނެކަން ފަލަކީ ހިސާބުތަކުން ޔަގީން ވާތީ، މާދަމާއަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ. އަދި ހުރިހާ ގައުމަކަށް ވެސް ފިތުރު އީދު ވާނީ ވިދިގެން އަންނަ ދުވަސް ކަމުގައިވާ މެއި މަހުގެ 2 ވާ ހޯމަ ދުވަހެވެ.


