ހުޅުމާލޭގައި މިރޭ ދެ މާރާމާރީއެއް ހިންގައި 2 މީހަކު ޒަޚަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ، ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ލަޔަރ ރެސްޓޯރަންޓް ކައިރީގައި ކަމަށެވެ. މި މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:17 އެހާއިރު ކަމަށް ބުނެފައި ވެއެވެ.
ދެވަނަ މާރާމާރީ ހިންގާފައިވަނީ ފޭސް ދޭއްގެ ބްރިޖް ކައިރީގައި ކަމަށާއި، މި މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ މިރޭ 21:32 އެހާއިރު ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މަރާމާރީތަކުގައި 2 މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެދެ މީހުންނަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް. ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިރޭ ހިންގި މިދެ މާރާމާރީގެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ހުޅުމާލޭގައި މިރޭ ދެ މާރާމާރީ ހިންގިއިރު، މިދިޔަ ހޯމަދުވަހުގެ ފަތިހާއި ހެނދުނު މާލޭގައިވެސް ވަރުގަދަ ދެ މާރާމާރީއެއް ހިންގާފައި ވެއެވެ.
މިދެ މާރާމާރީތަކުގައި ޒަޚަމްވި 4 ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަގެންދެއެވެ.


