މިހާތަނަށް ކާކުކަން ދެނެގަނެވިފައި ނުވާ، މަރުވެފައި އޮތް މީހެއް އައިޖިއެމްއެޗަށް ގެންގޮސްފައި އޮތްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މަރުވެފައި އޮތް މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޒަހަމެއް ފެންނަން ނެތް ކަމަށް އެނގިފައިވެ އެވެ.
ފުލުހުން ވިދާޅުވީ، މިއަދު އިރާކޮޅު ވަގުތެއްގައި މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗް އަށް ގެންދިޔަ ގެންދިޔަ މީހަކު ނިޔާވެފައިވާތީ އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާއާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އައިޖީއެމްއެޗްއަށް ގެންދިޔަ މީހަކީ ގާތްގަނޑަކަށް 5 ފޫޓް 6 އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެނެކެވެ. އެމީހާ ލައިގެންހުރީ މަޑު މުށިކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެއް ކަަމަށް ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުގައި ވެއެވެ.
އަދި އެމީހާއަކީ ތުބުޅިއެއްހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށްވެސް ވެއެވެ.
އެހެންކަމުން އެ ސިފަތައް ހުރި މީހެއްގެ މައުލޫމާތު އެނގޭފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައި ވެއެވެ.


