ރައީސް ނަޝީދަށް ދިން ހަމަލާގެ ޒިންމާވާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ރައީސް

ޚަބަރު ފަހުގެ

2021 ވަނަ އަހަރު މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް 1 އަހަރު ފުރުމާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެދުވަހު ދިން ހަމަލާއަކީ މުޅި ޤައުމު ސިއްސުވާލި ބިރުވެރި ހާދިސާއެއްކަމަށެވެ. އަދި އެދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ތަޙްޤީގުކޮށް އެހަމަލާގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް ވަރުގަދަ އަޒުމަކާއެކު ކުރިޔަށްދާ ކަމަށެވެ. އަދި އެ ހަމަލާއިން ނަޝީދު ސަލާމަތްވީތީ މާތްﷲ ގެ ހަޒުރަތަށް ޝުކުރުވެރިވެ ހަމްދުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ނަޝީދަށް ދިން ހަމަލާ ތަޙްޤީގު ކުރުމަށް ސަރުކާރުން ވަނީ ޚާއްސަ ޓީމެއްވެސް އެކުލަވާލާފައެވެ. އަދި ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ތަހްޤީގުގެ މަސައްކަތްތައް ކުރިއަށް ގެންދެވިއެވެ. އަދި އެ މައްސަލަ ތަހްޤީގު ކުރަމުންދާ ގޮތް ބެއްލެވުމަށް ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިނގިރޭސި ވިލާތުގެ ބޭފުޅެއްވެސް ހަމަޖެއްސެވިއެވެ.

ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރު ދިން ބޮމުގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށް، ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި، ހުކުމް ވަނީ އިއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ