ކަރެކްޝަންސްއިން ޕްރިޒަން އޮފިސަރުންގެ މަގާމަށް 180 މީހުން ހޯދަނީ

ޚަބަރު ފަހުގެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން، 180 ޕްރިޒަން އޮފިސަރުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އަންހެން އަދި ފިރިހެން އޮފިސަރުންވެސް ހިމެނޭ ގޮތަށް، ގިިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާނު ކުރިއިރު، މުސާރައަކީ 6،050 ރުފިޔާއެވެ. އަދި ހުވާ ކުރުމަށްފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާލިބޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަމައެއާއެކު ނޮން-ޕްރެކްޓިސް އެލަވަންސްއަކީ އަސާސީ މުސާރައިގެ 45 ޕަސެންޓު ކަމަށް ކަރެކްޝަންގެ އިއުލާނުގައިވެއެވެ.

މި މަގާމުގެ ފެންވަރު ނުވަތަ ޝަރުތެއް ކަމަށް ބަޔާންކޮށްފައި ވަނީ، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު:-

* ސާނަވީ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން ‘ޑީ’ ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން ‘ސީ’ ފާސް ލިބިފައި ވުން؛ ނުވަތަ

* ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައި ވުން،

* މީލާދީ ގޮތުން 18 އަހަރު ފުރި، 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން

* ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމެވެ.

މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު، މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް humanresource.mcs@gmail.com އަށް އީމެއިލް ކުރުމަށް ކަރެކްޝަންސްގެ އިއުލާނުގައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ