އިންތި އަށް ވަގުތު ދެވެން ނެތުމުން ޗެއާޕާސަން ބަހުސް ކެންސަލް

ޚަބަރު ފަހުގެ

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން ރާއްޖެ ޓީވީން މާދަމާރޭ ކުރިއަށް ގެންދިއުމަށް ރޭވި ބަހުސްގައި އިމްތިޔާޒު ފަހުމީއަށް ވަގުތު ދެވެން ނެތުމުން ބަހުސް ކެންސަލް ކޮށްފިއެވެ.

ފައްޔާޟުގެ ކެމްޕެއިން މެނޭޖަރ އިބްރާހިމް ވަހީދު (އިބުރޭ) ވަނީ މާދަމާރޭ ބޭއްވުމަށް ހަމަޖެއްސި ބަހުސްގައި ފައްޔާޟު ބައިވެރިވެ ވަޑައިގަންނަވާނެކަމަށްވެސް އިއުލާން ކުރައްވާފައެވެ. އޭގެ މާގިނަ އިރުތަކެއް ނުވަނީސް ބަހުސްގައި އިންތިއަށް ވަގުތު ދެވެން ނެތްކަން އެންގުމުން ބަހުސް ކެންސަލް ކޮށްފައިވާކަމަށް އަންގާފައިވާ ކަމުގައި އޭނާ ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވާދަވެރި ކެނޑިޑޭޓަށް ވަގުތު ދެވެން ނެތިގެން މާދަމާރޭގެ ބަހުސް ނޯންނާނެ ވާހަކަ ރާއްޖެޓީން އަންގައިފި. ފައްޔާޟުގެ ތަރުޖަމާނު ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

ނަމަވެސް އިންތިގެ ސްޕޯކްސްޕާސަން އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ބަހުސްގެ ތާރީހާއި ވަގުތު ކަނޑައަޅާނީ ހުރިހާ ކެންޑިޑޭޓުން އެއްބަސްވާ ގޮތަކަށް ކަމަށެވެ. އަދި އެކަންކަން ކުރާނީ އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓެއްގެ ކެމްޕެއިން މެނޭޖަރު ނޫން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ