ހައިޑްރޮގްރަފީ ސާވޭ ހެދުމަށް އިންޑިއާގެ އަސްކަރީ ފަސް އުޅަނދެއް ރާއްޖޭގައި ހަރަކާތްތެރިވަނީ

ޚަބަރު ފަހުގެ

ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް އިންޑިއާއާއެކު 2007 ވަނަ އަހަރު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން މައުލޫމާތު އެއްކުރުމަށް ރާއްޖޭގައި އިންޑިއާގެ އަސްކަރީ ފަސް އުޅަނދެއް ހަރަކާތްތެރިވަމުން އެބަދެއެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލުކޮށްގެން ރާއްޖޭގެ ކަނޑުތަކުގެ މައުލޫމާތު އެއްކުރުމަށް ހަދާ ސާވޭ ހެދުމަށް މި ވަގުތު ރާއްޖޭގައި ހަރަކާތްތެރިވަނީ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރަކާއި އެއަަށްވުރެ ކުޑަ ހަތަރު އުޅަނދުކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަނަވަރަށްވުރެ ކުޑަ ހަތަރު އުޅަނދުގެ ތެރެއިން އެއް އުޅަނދު ހަރަކާތްތެރިވަނީ މާލެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އިތުރު ތިން އުޅަނދެއް ހަރަކާތްތެރިވަމުންދަނީ ރާއްޖޭގެ އުތުރުގައި ހދ. އަތޮޅާއި ށ.އަތޮޅުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ