މިލަދޫގައި ފުލުހެއްގެ ސައިކަލު އަންދައިލި މައްސަލައިގައި އެކެއްގެ މައްޗަށް ދައުވާކޮށްފި

ޚަބަރު ފަހުގެ

ނ.މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތެއް ހުއްޓުވުމާ ގުޅިގެން، އެ ރަށުގެ ޕޮލިސް ޑެސްކު އިންޗާޖު ސާޖަންޓް މުޙައްމަދު އަރީޝްގެ ސައިކަލުގައި ރޯކޮއްލި މައްސަލައިގައި ހައްޔަރު ކުރި އެކެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މި މައްސަލާގައި ތިން މީހަކު ބަންދުކޮށްފައިވެއެވެ. ނަމަވެސް ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ ދޫކޮށްލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕީޖީ އޮފީހުން މިއަދު ބުނީ ނ. މިލަދޫ، ފަތަގުމާގެ، ޢަބްދުﷲ ޝުހާދު އަޙްމަދު 18 ފެބުރުވަރީ 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ޝުހާދުގެ މައްޗަށް މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާކޮށް ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފާވަނީ މިދިޔަ އޭޕްރިލް މަހުގެ ހަވަނަ ދުވަހުއެވެ.

މިލަދޫ ޕޮލިސް ޑެސްކުގެ އިންޗާޖު ސާޖަންޓު މުޙައްމަދު އަރީޝުގެ ސައިކަލުގައި ރޯކޮށްލި ސަބަބެއް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވަނީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް އޭނާ ކުރި މަސައްކަތާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ