ޔުނައިޓެޑް ބަލިކޮށް ސެވިއްޔާ ފައިނަލަށް

ކުޅިވަރު ފަހުގެ

ފަހަތުން އަރާ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ސެވިއްޔާ ދަތުރުކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ މެޗުތައް ޖަރުމަންގައި ކުރިއަށްދާއިރު، ފައިނަލްގެ ފުރަތަމަ ޖާގަ ސެވިއްޔާ ހޯދީ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން 2-1 ން މޮޅުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުންވަނީ ލީޑު ނަގާފައެވެ. މާކަސް ރަޝްފޯޑަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑަށް މިލީޑު ނަގާދީފައިވަނީ ބްރޫނޯ ފަނަންޑޭސްއެވެ. ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ ސެވިއްޔާއިންވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 26 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ގޯލުކުރިމަތިން ހުރަސްވި ބޯޅައަކުން ސޫސޯ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

ސެވިއްޔާގެ މިލަނޑަށްފަހު ޔުނައިޓެޑުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ރޭގެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޔުނައިޓެޑްގެ މިހަމަލާތަކުގެ ދިފާޢުއަކަށްވީ ސެވިއްޔާގެ ކީޕަރެވެ. ރޭގެ މެޗުގައި ސެވިއްޔާގެ ކީޕަރު ބޯނޯވަނީ މޮޅުކުޅުމެއް ދައްކައި ޔުނައިޓެޑްގެ ނުރައްކާތެރި އެތަށް ހަމަލާއެއް ދިފާޢުކޮށްފައެވެ.

ސެވިއްޔާއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނަޓްގައި ލޫކް ޑިޔޯން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޔުނައިޓެޑުގެ ގޯލް އޭރިއާ ކުރިމައްޗަށް ވެއްޓުނު ބޯޅަ ލޫކް ޑިޔޯން ގޯލްގެތެރެއަށް ފޮނުވާލާފައިވަނީ ކީޕަރު ޑެހެއާއަށް ދިފާޢުކުރާނެ ފުރުޞަތެއް ނުދީއެވެ.

ފައިނަލްގައި ސެވިއްޔާ ބައްދަލުކުރަން ޖެހޭ ޓީމެއް ޔަޤީންވެގެންދާނީ ސެމީ ފައިނަލްގައި މިރޭ އިންޓަރ މިލާން އަދި ޝަކްތަރޑޮނެސްކް ބައްދަލުކުރާ މެޗަށް ފަހުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ