ކެމްޕެއިންގައި އިންތި ހުރިހާ ރަށަކަށް ދަތުރުކޮށްފި، މޮޅުވާނީ ރަނގަޅު ނަތީޖާއަކުން: އިންތި

ފަހުގެ ސިޔާސީ

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒު ފަހުމީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

އިންތިގެ މިއަދު ދަތުރު ކޮށްފައިވާ މަކުނުދޫއަކީ މިކެމްޕެއިންގައި ދަތުރު ކުރި މީހުން ދިރިއުޅޭ އެންމެ ފަހުރަށެވެ. އިންތި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކޮށް، ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ނިންމާލުމަށްފަހު، މަކުނުދޫ އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މިދަތުރާއިއެކު މިކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެވި އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުންތައް ސާފު ވެފައިވާކަމަށެވެ. ދަތުރުތަކުން ލިބިގެންދިޔަ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ލިބުންކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާވުގައި އިންތިއާއި ވާދަކުރައްވާ ފައްޔާޟުގެ ޓީމުންވެސް މަސައްކަތް ކުރަމުންދަނި ރާއްޖޭގައި މިީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރުމަށެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ވާދަވެރި އަދި ފޯރިގަދަވާނެ އިންތިޚާބެއްކަމަށް ބެލެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ