މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސް.އެސް.ސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިފްތިތާޙު ކުރައްވައިފިއެވެ.
މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވަނީ މެލޭޝިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސް.އެސް.ސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިފްތިތާޙު ކުރައްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އާއިޝަތު އަލީއެވެ.
މި ރަސްމިއްޔާތަށް ފަހު މިނިސްޓަރ ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވައި، އެ ޤައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިިތަކާ އަދި އެކަންތައް ޙައްލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުންވެސް މިނިސްޓަރ އާއިޝަތު އަލީ އަދި މިނިސްޓްރީގެ ޓީމް މިއަދު ވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޝާޒޭ ޑި އެފެއާޒް އަލް އުސްތާޛާ މަރިޔަމް މިޒްނާ ޝަރީފް އަދި ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންއަންނަ މެލޭޝިޔާ ގައި އެސްއެސްސީ އިމްތިހާނު ހެދޭނެގޮތް ހަމަޖެހިގެންދިއުމަކީ އެގައުމުގައި ދިރިއުޅެމުންދާ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.


