މިނިސްޓަރު ނަހުލާ ސައުދީގެ ޓްރާންސްޕޯޓް މިނިސްޓަރާއި ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޑރ ސަލާހް އަލް ޔާސިރު އާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ނަހުލާ، ސައޫދީ އަރަބިއްޔާގެ ޓްރާންސްޕޯޓް މިނިސްޓަރ އާއި ބައްދަލުކުރައްވާފައިވަނީ އެކަމަނާ މިހާރު ސައޫދީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ފިއުޗަރ އޭވިއޭޝަން ފޯރަމް (އެފްއޭއެފް) ގައި ބައިވެރިވެވަޑައިގަންނަވަން މިނިސްޓަރ ނަހުލާ ސައޫދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރ އާއި ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ފޯރަމަކީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ތަފާތު ބައިނަލްއަޤުވާމީ ހަރަކާތެއްގެ ގޮތުގައި ބަލައިގަނެ، މަޢުލޫމާތާއި ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ވަސީލަތްތަކާއި ޤާބިލުކަން ތަރައްޤީކުރުމުގައި އެންމެ ފުރިހަމަ ތަޖުރިބާއާއި ޕްރެކްޓިސްތަކާ މެދު މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.

ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި، ޕެންޑެމިކްއަށް ފަހު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، މުސްތަގުބަލުގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރު ބައްޓަން ކުރުން ކަމަށްވާތީ، އާންމު އަދި ވިޔަފާރީގެ ދާއިރާގެ ލީޑަރުން ބައިނަލްއަގުވާމީ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ