ބާޖަމާލުއްދީން އިމާރާތް ތަޅާލަން ބަޔަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބިން ހުސްކުރުމުގެ ގޮތުން ބާޖަމާލުއްދީން އިމާރާތް ތަޅާލަން ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށެވެ. ވެލްޓްރޭޑިން އަށް މަސައްކަތް ހަވާލުކުރިއިރު އެ މަސައްކަތް ކޮށްދިނުމަށް 22 ކުންފުންޏަކުން ކުރިމަތިލި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަސައްކަތް ހަވާލުކުރީ 75 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރަން ޝަރުތުކޮށް، 2.9 މިލިއަން ރުފިޔާއަށް މަސައްކަތުގެ އަގު ހަމަޖެއްސުމަށްފަހު އެވެ.

ބާ ޖަމާލުއްދީން ސްކޫލު ހުރި ތަނުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްފަހު އަންނަ އަހަރު އެ ސްކޫލުގެ މަސައްކަތް ނިންމާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ