ފެހެންދޫ ފަޅުގައި އޮތް ދޯންޏަކާއި ޑިންގީއެއްގައި ރޯވެ އަނދައިފި

ޚަބަރު ފަހުގެ

ބ.ފެހެންދޫ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޭ ރޯވެ، އަލިފާންގަނޑު ފެތުރި ފަޅުގައި އޮތް ޑިންގީއެއްގައި ވެސް ރޯވެ ދެއުޅަނދު ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ ވިދާޅުވީ ދޯނީގައި ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. އަލިފާން ރޯވެފައި ހުއްޓާ ފެނުނު އިރުވެސް ވަރަށް ބޮޑަށް ދޯނީގައި އަލިފާން ރޯވެފައި ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ދޯނީގައި އަލިފާން ރޯވުމުން ބަނދަރުގައި ހުރި އެހެން އުޅަނދުތައް ރަށު މީހުން ވަނީ ދުރަށް ޖައްސާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރަށުގައި އަލިފާން ނިއްވަން ބޭނުންކުރާ އެއްޗެހި ނެތުމުން އަލިފާން ނިއްވަން މަސައްކަތެއް ނުކުރެވުނެވެ.

އަލިފާން ރޯވި ދޯނި ވަނީ ފަތިހު 04:00 ކަންހާއިރު އަޑިއަށް ގޮސްފައެވެ.

ފެހެންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ