ހިޔާ ސަރަހައްދަށް ހާއްސަ ބަސްތައް އެމްޓީސީސީން މާލެ ގެނެސްފި

ޚަބަރު ފަހުގެ

 ހިޔާ ސަރަހައްދަށް ހާއްސަކޮށްގެން ގެންނަ ބަސްތައް މާލެ ގެނެސްފިއެވެ.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ އޮގަސްޓުމަހުގެ ކުރިން މާލެއިން، ހުޅުމާލެ ފޭސްދޭކަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. ބަހުގެ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރޭގެ ވަގުތެއްގައި ބަސްތައް ގެނެސްފައިވާ ކަމަށެވެ. އަދި އަންނަމަހުން ފެށިގެން މި ބަސްތަކުގައި ދަތުރުތައް ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް ގެނައި ބަސްތަކެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ