މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ.އަތޮލުން ފެށިގެން މ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައި ވަނި މިރޭ 1:00 އިން ފެށިގެން ހެނދުނު 7:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިޖެހުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ސަމާލުގެ ނެރެފައިވާ ސަރަޙައްދުތަކަށް ކަނޑުތައްވެސް ގަދަވާނެ ކަމަށާއި، އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާކަމަށެވެ.


