ހއ. އަތޮޅުން ފެށިގެން ދ އަތޮޅަށް ހުދު ސަމާލު ނެރެފި

ޚަބަރު ފަހުގެ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހއ އަތޮލުން ފެށިގެން ދ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައި ވަނި މެންދުރު 12:30 އިން ހަވީރު 17:30  އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިޖެހުން އެކަށީގެންވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީގެ އިތުރުން މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ސަމާލުގެ ނެރެފައިވާ ސަރަޙައްދުތަކަށް ކަނޑުތައްވެސް ގަދަވާނެ ކަމަށާއި، އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ