ހއ. އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރެފައިވާ ވައިޓް އެލަރޓްގެ ވަގުތު އިތުރުކޮށްފި

ޚަބަރު ފަހުގެ

ހއ. އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރެފައިވާ ވައިޓް އެލަރޓްގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ، މިއަދުގެ ހަވީރު 5:30 އިން މިރޭގެ 10:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވިލާގަނޑުގައި ވައިގަދަވާނެތީ އެކަމަށް ވެސް ސަމާލުވުމަށް ކަމާއިބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓު އޮފީހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ