އެމްޑީޕީގެ އިންތިހާބު : ހަނިމާދޫ ފޮށި ފައްޔާޒް ކާމިޔާބު ކޮށްފި 

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހދ.ހަނިމާދޫ ވޯޓު ފޮށި ކާމިޔާބު ކޮށްފިއެވެ.

އެ ފޮށިން ފައްޔާޒަށް ކާމިޔާބު ލިބުނީ 141 ވޯޓު ލިބިގެންނެވެ. މިނިސްޓަރ ފައްޔާޒްއާ ދެން ވާދަކުރައްވާ ކެންޑިޑޭޓް އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައި ވަނީ 98 ވޯޓެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފަށާފައިވާއިރު، މިވަގުތު ބައެއް ރަށްތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ވަނީ ބަންދުކޮށް ގުނަން ފަށާފައެވެ.

މި އިންތިހާބުގެ ވޯޓުލުން ޖުމުލަ 194 ރަށެއްގައި ކުރިޔަށްދާއިރު މާލޭގައި 87 ފޮށި ވަނީ ބަހައްޓާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ