އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާއަކަށް ރޮޒޭނާ އިންތިހާބުވެއްޖެ

ފަހުގެ ސިޔާސީ

 އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އިންތިހާބުވެއްޖެ އެވެ.

ރޮޒޭ މިއިންތިހާބު ކާމިޔާބުކުރީ ސަފާތު އަހްމަދު ޒާހިރު އާއި ވާދަކޮށްގެންނެވެ. އެގޮތުން ވަގުތީ ނަތީޖާ ދައްކާ ގޮތުން ރޮޒެއިނާ ވަނީ 5000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ސަފާތުއަށް ލިބިފައިވާ ވޯޓު އުޅެނީ 2700 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ނިންމުންތައް ނިންމުމުގައި އަންހެނުން ބައިވެރި ކުރުމަށާއި، ގައުމީ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އޮންނަ ޕާޓީގެ މުހިއްމު ގުނަވަނެކެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސުގެ މަގާމަށް ވޯޓު ލެވެނީ ޕާޓީގެ އަންހެން މެމްބަރުންނަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ