އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓުތަކުގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރާތް ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.
މިޕްރޮގްރާމްގެ ދަށުން އައިޖީއެމްއެޗްގެ 6 ޑިޕާޓްމަންޓެއްގެ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ރީޖަނަލް ހޮސްޕިޓަލްތަކަށް ފޮނުވުމަށްވަނީ ރޭވިފައިވެއެވެ. އޭގެތެރޭގައި ހިތުގެ ބަލިތަކަށް ޚާއްސަ، ކެންސަރު ބައްޔަށް ޚާއްސަ، ރޭޑިއޯލޮޖީ، ކަށީގެ ބަލިތަކަށް ޚާއްސަ، އެތެރެހަށީގެ ބަލިތަކަށް ޚާއްސަ އަދި ކުޑަކަމުދާ ނިޒާމާއި ބެހޭ ޑިޕާޓްމަންޓްގެ ޑޮކްޓަރުންނާއި މުވައްޒަފުން ހިމެނެއެވެ.
މިޕްރޮގްރާމްގެ ދަށުން 5 ރީޖަނަލް ހޮސްޕިޓަލަކަށް ޑޮކްޓަރުންނާއި މުވައްޒަފުން ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.
އައި.ޖީ.އެމް.އެޗްގެ ޑިޕާޓްމަންޓުތަކުން ޒިޔާރަތްކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި ތާރީޚް:
- ހިތުގެ ބަލިތަކަށް ޚާއްސަ / ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް – މެއި 14 އިން 16 އަށް
- ކެންސަރުގެ ބަލިތަކަށް ޚާއްސަ / ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް – މެއި 19 އިން 21 އަށް
- ރޭޑިއޯލޮޖީ / އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް – މެއި 22 އިން 24އަށް
- ކަށީގެ ބަލިތަކަށް ޚާއްސަ / އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް – މެއި 23 އިން 25 އަށް
- އެތެރެހަށީގެ ބަލިތަކަށް ޚާއްސަ / އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް – މެއި 28 އިން 30 އަށް


