އިންޑިއާ ހައި ކޮމިޝަން ހިންގާ އިމާރާތުގެ ފާރަށް “އިންޑިއާ އައުޓް” ސްޕްރޭކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ހިންގާ އިމާރާތުގެ ބޭރު ފާރަށް “އިންޑިއާ އައުޓް” ސްޕްރޭކޮށްފި އެވެ.

ރޭގެ ވަގުތެއްގައި އެތަނުގެ ފާރަށް އެ ޝިއާރު ސްޕްރޭކޮށްފައި ހުރީ ރީނދޫ ކުލައިންނެވެ. “އިންޑިއާ އައުޓް” އަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިންޑިއާ ހައި ކޮމިޝަންގެ ފާރުގައި “އިންޑިއާ އައުޓް” ޖެހި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެ، މާފަންނުވިލާގެ ފާރަށް ވެސް ނޫ ކުލައިން ސްޕްރޭކޮށްފައިވެ އެވެ. އަދި އިއްޔެ ރޭ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގޭގެ ދޮރަށް ވެސް ސްޕްރޭކޮށްފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ