ލެއިޕްޒިގް ބަލިކޮށް ފުރަތަމަ ފަހަރަށް ފުރާންސްގެ ޕީއެސްޖީ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރޭ ލެއިޕްޒިގާއި ބައްދަލު ކުރި މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.
ދެ ޓިމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް މި މެޗުން ފެނިގެން ދިޔައިރު މެޗުގެ 13 ވަނަ މިނެޓް ގައި ޕީއެސްޖީ އިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. ޑިމާރިއާގެ އެހީތެރި ކަމާއި އެކު މާކީނިއޮސް މި ލަނޑު ކާމިޔާބު ކުރި އިރު ފުރަތަމަ ހާފް ނިމެން ވަނިކޮށް ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ނޭމާ ހޯދައިދިން ފުރުސަތެއްގައި ޑިމާރިއާ މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު ފުރަތަމަ ހާފް ނިިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުންނެވެ.
ދެވަނަ ހާފް އަށް ނިކުމެ މެޗުގެ 56 ވަނަ މިނަޓް ގައި ޕީއެސްޖީން ވަނީ މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ޑިމާރިއާ ހޯދައިދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖުއާން ބެނަޓް އެވެ.
މިމޮޅާއި އެކު ޕީއެސްޖީ ވެގެން ގޮސްފައި ވަނީ 2004 ގައި މޮނާކޯގެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފުރާންސް ޓީމަށެވެ.
ޕީއެސްޖީ އެ ޓީމުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލުގައި ނިކުންނަން ޖެހޭނީ މިރޭ ބާޔާން އާއި ލިއޮން ބައްދަލު ކޮށްގެން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.


