މަސްވެރިއެއްގެ ހާލު ދެރަވެގެން ސިފައިން ހަރަކާތްތެރިވެއްޖެ

ޚަބަރު ފަހުގެ

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ހާލު ދެރަވެގެން ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މ.ތުވަރުގެ 9 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު “ސިލްވަރީ” ދޯނީގައި ހުރި އުމުރުން 58 އަހަރުގެ ފަޅުވެރިއަކު ހާލު ދެރަވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މ.މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.

ރޭ ވެސް ވަނީ މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ ހާލު ދެރަވެގެން ސިފައިން ހަރަކާތްތެރިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ