އަހަރަމެން ދިވެހިންނަކީ އަބަދު ވެސް ރީތި ގޮޑުދޮށާއި ކަނޑުގެ ރީތިކަން ފަޚުރަކަށް ހަދައިގެން އެކަން އިސްތިހާރު ކުރާ ބައެކެވެ. ސަރުކާރުގެ ބައެއް އިދާރާތަކުން އެތަން ތަނަށް އެއްފަހަރު ބޭނުންކުރެވޭ ޕުލާސްޓިކު ވެއްދުން ވަނީ މަނާ ކޮށްފައެވެ. އެއްފަހަރު ބޭނުން ކުރެވޭ ޕުލާސްޓިކު މިގައުމަށް އެތެރެ ނުކުރަން ވެސް ގާނުން ވަނީ އިހަށް ދުވަހު ހަދާފައެވެ. ބޭނުމަކީ ހަމަ މިރީތި މާހައުލު ހިމާޔަތް ކުރުންނޫން ދެން ކޮންކަމެއްހެއްޔެވެ.
މި ގައުމުގައި ކަނޑު ހުރަސްކޮށް އެއްރަށުން އަނެއްރަށަށް ކޮންމެދުވަހަކު ދަތުރު ކުރަން ޖެހެއެވެ. މި ދަތުރު ތަކުގައި ގިނަފަހަރަށް އަނގަ ހަފާލަން ކޮންމެވެސް އެއްޗެއް ދަތުރަށް އަރުވާނެއެވެ. ކޭކެއް ޗޮކުލެޓެއް ނުވަތަ ކޮންމެވެސް ކަހަލަ ދަޅެއް ފުޅިއެކެވެ. ގިނަފަހަރަށް މިތަކެތި ހުސްކޮށް މޫދަށް އެއްލައި ލެވޭތަން އާދެއެވެ.
މޫދަށް އަޅާ މިފަދަ ކުނިތަކުން އެތަން ތަނަން ލިބޭ ގެއްލުމުގެ ވާހަކަ އެކި މެހެފިލް ތަކުގައި ތަކުރާރުކޮށް ބުނެދީ އޮޅުންފިލުވައި ދެއެވެ. ކަނޑުގެ ދިރުން ތަކަށް ލިބިފައި ހުންނަ ގެއްލުންތައް ދައްކުވައިދޭ އެތައް މަންޒަރުތަކެއް ފެނިފައި ވާނެއެއެވެ. މަސް މަހުގެ ބަނޑު ތެރޭ އެތައް ކުންޏެއް ނަގާފައި ވާތަން ވެސް ތިޔަ ކިޔުން ތެރިނަ ވާނީ ފެނިފައެވެ.
މިފަހަރު ވެސް މިއޮތީ މަހެެްގެ ބަނޑު ތެރޭ އަހަރެމެންގެ ކޮންމެވެސް ބަޔަކު މޫދަށް އެޅި ކުނި ތަކެށް ނަގާފައެވެ. ނ ކެނދިކުޅުދޫ ނޫރާނިގޭގައި މިއަދު ގަރުދިޔަ ކަށްކަން ކެނޑި މަހުގެ އެތެރޭން މިވަނީ ކުނިތަކެއް ފެނި ފައެވެ.
ނޫރާނިގެ އަބުދުލްﷲ ސުޢާދު ގޮށްކޮޅަށް މައުލޫމަތު ދެމުން ވިދާޅުވީ މި މަހަކީ ޅިޔަނު ގެޔަށް ގެނެސްފައިވާ ރާގޮނޑި ތަކުގެ ތެރެއިން ރާގޮނޑިއެެއް ކަމަށެވެ.
” މި މީގެ ދެދުވަސް ކުރިން ގެނައި ރާގޮނޑި ތަކެއް. ރޭގަނޑުގެ ވަގުތު ވީމާ ހަމަ އެކަނި ތާފަތް ގަނޑު ކައިރި ގޮހޮރު ނަގާފައި ފުރިޖު ކުރީ. މިއަދު ގަރުދިޔަ ކައްކަން އަންހެނުން މަސް ކަނޑަން ނެގިމަސް ކަނޑަމުން ދަނިކޮށް މި ކުނިތައް ފެނުނީ.” އަބުދުލްﷲ ސުޢާދު ވިދާލުވިއެވެ.
މަހުގެ ބަނޑުތެރެއިން ފެނުން ތަކެތި
01 ސިގިރޭޓް ފޮށި ކަރުދާސް
02 ވެފާ ޗޮކުލެޓް ކަރުދާސް
01 އެފޯލޯ ކޭކު ކަރުދާސް

އެއްވެސް މީހަކު ގެޔަށް ގެންނަ މަސް ތަކުގައި މިފަދައިން ކުނި ހުންނާކަށް ނޭދޭނެއެވެ. ގިނަ ދޯނި އަދި ލާންޗު ފަހަރު ތަކުގައި ބޮޑު އަކުރުން މޫދަށް ކުނި ނާޅަށް ޖަހައި، ކުނި އަޅަން ހާއްސަކޮށް ޑަސްބިން ބަހައްޓާފައި ހުރެއެވެ. މަދު ބަޔަކު ގެ ފަރުވާ ކުޑަކަމުން މިފަދަ ހިތާމަވެރި މަންޒަރު ތައް ފެންނަނީއެވެ.
މިއަދު އަހުރެމެން އަޒުމެއް ކަނޑައަޅަމާ ހިގާށެވެ. އަހަރެންގެ ފުށުން މޫދަށް ކުނި ނާޅާނެ އަޒުމެވެ. އެއިރުން މިފަދަ މަންޒަރުތަކެއް ތަކުރާރު ނުވާނެއެވެ.


