ސަދާގެ މަރުގައި އިހުމާލު އޮތްކަމަށް އެޗް.އާރު.ސީ.އެމުން ނިންމައިފި

ޚަބަރު ފަހުގެ

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވި އުމުރުން 5 އަހަރުގެ ސަދާ ސައުދުﷲ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ނިންމައިފިއެވެ.

އެޗް.އާރު.ސީ.އެމުން ނިންމާފައިވާ ތަހުޤީޤު ރިޕޯޓުގައި ބުނެފައިވަނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ރަނގަޅަށް ޓެސްޓުކޮށްފައި ނުވާކަމަށާއި އަދި ކުއްޖާގެ މެޑިކަލް ހިސްޓްރީވެސް ބަލާފައިނުވާ ކަމަށެވެ. މީގެ އިތުރުން ކުއްޖާއަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އިމަޖެންސީ ރޫމްއަށް ދިޔައީވެސް 30 މިނެޓު ފަހުންކަމަށާއި ވަގުތުން ދޭން ޖެހޭ ފަރުވާވެސް ދީފައިނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސަދާގެ މަރުގެ މައްސަލައިގައި ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުލުހުންނަށްވެސް ވަނީ ހުށައަޅާފައެވެ.

ބަނޑުގައި ރިއްސާ ވަރަށް ގަދައަށް ހޮޑުލާތީ ފުރަތަމަ ސަދާ ދައްކާފައިވަނީ ފުވައްމުލަކުގައި ހުންނަ ފުލޫ ކްލިނިކަށެވެ. އެހެންނަމަވެސް ސަދާގެ ހާލު މާބޮޑަށް ގޯސް ވާތީ އެތަނުން ސަދާ ފޮނުވާލީ އެ ރަށު ހޮސްޕިޓަލަށެވެ.

ސަދާ ނިޔާވެފައިވަނީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ޖެހި އިންޖިކްޝަނެއްގެ ސަބަބުން ކަމަށް ސަދާގެ އާއިލާއިން ތުހުމަތު ކުރެއެވެ. އަދި އެ މައްސަލަ އެ އާއިލާއިން ވަނީ ހެލްތު މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ