ހިރިލަންދޫގެ ބިން ހިއްކަން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

ތ. އަތޮޅު ހިރިލަންދޫގެ ބިން ހިއްކަން ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން ބުނީ ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހިރިލަންދޫ އިން 20 ހެކްޓަރު ހިއްކަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 105.2 މިލިއަން ރުފިޔާއަށެވެެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 285 ދުވަހުން ނިންމާ ގޮތަށެވެ.

ސަރުކާރުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ އެމްޓީސީސީން ކަމަށްވާއިރު ހިރިލަންދޫގެ ބިން ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ