މުރައިދޫ 6 ވަނަ އިންޓަރ އޮފީސް ވޮލީބޯޅަ ޓޯރނަމަންޓް 2020 ފަށައިފި

ކުޅިވަރު ފަހުގެ

ހއ މުރައިދޫ 6 ވަނަ އިންޓަރ އޮފީސް ވޮލީބޯޅަ ޓޯރނަމަންޓް 2020 ފަށައިފިއެވެ.

މުބާރަތް ފެށުމުގެ ގޮތުން މިޔަދު ކުޅުނު މެޗުގައި ބައްދަލުކުރީ ފާއިތުވި 4 އަހަރުގެ ޗެމްޕިއަން މުރައިދޫ ސްކޫލާއި ކައުންސިލް އެވެ. 5-2 ނަތީޖާއިން މެޗު ކާމިޔާބު ކުރީ ކައުންސިލް ޓީމްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމެޗުގެ ފުރަތަމަ ސެޓު 25-14 ފަސޭހަކަމާއިއެކު ސްކޫލް ޓީމް ގެންދިޔައިރު 2 ދެވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ދައްކާ 25-20 ކާމިޔާބު ކުރީ ކައުންސިލްގެ ޓީމެވެ. 3 ވަނަ ސެޓުވެސް ފަސޭހަކަމާއިއެކު ސްކޫލް ޓީމް ގެންދިޔައީ 25-09 ނެވެ. 4 ވަނަ ސެޓު ގައި ކައުންސިލް ޓީމް ތަފާތު ކުޅުމެއް ދައްކާ 25-12 ކާމިޔާބު ކޮށްފައި ވާއިރު، 5 ވަނަ ސެޓު ވެސް 15-11 ކާމިޔާބު ކުރީ ކައުންސިލެވެ.

މި މެޗުގެ މޮޅު ކުޅުން ތެރިޔާއަށް ހޮވިފައި ވަނީ ސްކޫލް ޓީމްގެ 17 ނަބަރު ސަމާއެވެ. މޮޅުކުޅުން ތެރިޔާއަށް އިނާމް ހަވާލު ކޮއްދެވީ މިއަދުގެ ޝރަފުވެރި މެހެމާން ނިޔާ އެކަޑަމީގެ ރައިސް އަހުމަދު ނިޔާޒު އެވެ.

މި މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި 26 ހާއި ގުޅުވައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މުބާރާތުގައި ކުރިއަށް ގެންދަނީ އަންހެނުނަން އެކަންޔެވެ. އެހެން އަހަރު ތަކުގައި ދެޖިންސަށް ހުޅުވާލައިގެން މި މުބާރާތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ދާގޮތާއި ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން މުރައިދޫ ކައުންސިލްގެ ރައީސް އަސްރާރު އަބުދުﷲ ވިދާޅުވީ މިއަހަރު ބައިވެރިވީ 3 އޮފީހުން ކަމަށާއި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ 2 ފަހަރު ބައްދަލުކުރާނެ ކަމަށެވެ. މިއީ މުބާރަތް މެދު ނުކެޑި ބާއްވާތާ 6 ވަނަ ފަހަރެވެ. މިއަހަރު ބައިވެރިވި އޮފީސް ތަކަކީ ކައުންސިލް، ސްކޫލް، ސިއްހީ މަރުކަޒު އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ސްކޫލާއި ސިއްޙީ މަރުކަޒުގެ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ