މިއަހަރު ހައްޖަށް މީހުން ގެންދަން ކޯޓާ ދެނީ ހައްޖު ކޯޕަރޭޝަނަށް އެކަނި

ޚަބަރު ފަހުގެ

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެއަށް ދީފައިވަނީ 453 ކޯޓާ ކަމަށާޢި އެ ކޯޓާގައި މީހުން ގެންދިއުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 453 ކޯޓާ ވެސް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމީ އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށަހަޅައި އިވެލުއޭޓް ކުރަން އެކަށީގެންވާ މުއްދަތެއް ނެތުމުން ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުން ކަނޑައަޅާފައިވަނީ ހައްޖު ކޯޕަރޭޝަނަށް އެ ފުރުސަތު ދޭން ކަމަށް ވެސް ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހައްޖު ކޯޕަރޭޝަނަށް ދޭ ކޯޓާގެ ތެރެއިން 353 ކޯޓާ ދޫކުރަން ނިންމާފައިވަނީ މިހާރު ރަޖިސްޓްރީ ކޮށް ކިޔޫގައި ތިބި މީހުންނަށެވެ. އަދި 100 ކޯޓާ އާއްމުންނަށް ދޫކުރަން ވަނީ ނިންމާފައެވެ. މި 100 ކޯޓާއަށް ހައްޖު ކޯޯޕަރޭޝަނުގައި ކިޔޫގައި ތިބި ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

މީގެ ކުރިން އާއްމުކޮށް ކޮންމެ އަހަރަކު ރާއްޖެއަށް 1000 ހައްޖު ކޯޓާ ސައުދީން ދޫކުރެއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ