ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން މަސައްކަތް ފަށާފައިވާ ރަށެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ގދ.ލޮނުދުހުއްޓާގައި ކަމަށެވެ. އެގޮތުން އެ ރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެގޮތުން އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.
ގދ.ލޮނުދުހުއްޓާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފެށި އަދި މިހާރު މަސައްކަތް ހުއްޓިފައި އޮތް މީހުން ދިރިނޫޅޭ ރަށެކެވެ.


