ސީޕްލޭން ޓާމިނަލްގެ އެކްޒެކެޓިވް ލައުންޖުތައް ހިންގާނެ ބަޔަކު ހޯދަނީ

ޚަބަރު ފަހުގެ

ސީ ޕްލޭން ޓާމިނަލުގައި އެކްޒެކެޓިވް ލައުންޖު ހިންގާނެ ފަރާތެއް ހޯދަން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއުލާންކޮށްފިއެވެ.

އެމްއޭސީއެލުން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާފައިވާ އެ ކުންފުނީގެ އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ އެކްޒެކެޓިވް ލައުންޖު ހިންގާނެ ފަރާތްތަކެއް ހޯދައި އެފަރާތްތަކަށް ހިންގުމުގެ ލައިސަންސް ދިނުމަށް ބޭނުންވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ލައުންޖު ގޮޅިތައް ކާމިޔާބުކުރާ ފަރާތްތަކުން އެ ކުންފުނިން ދީފައިވާ އިރުޝާދުތާކާ އެއްގޮތަށް ލައުންޖު ގޮޅި އަމިއްލައަށް ހަދައި ލައުންޖު ހިންގަންވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ސީޕްލޭން ޓާމިނަލްގައި ލައުންޖް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން ވަނީ އެދިފައެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ބީލަންފޮތް އީމެއިލް bidinfo@macl.aero ކުރުމަށް ވެސް ވަނީ އެދިފައެވެ. ލައުންޖް ހިންގުމަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ 14:000 އަށެވެ.

އެމްއޭސީއެލްއިން ބުނީ، އެކްޒެކެޓިވް ލައުންޖު ހިންގުމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ބިޑު ހުށަހަޅާއިރު، ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި 10،000 ޑޮލަރު، ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލުން 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ