ޖިނާއީ އަަދުލުގެ ގާނޫނާއި ގަވައިދުތައް އެއްތަނަކުން ފެންނަ ޑާޓާބޭސްއެއް އިފްތިތާހު ކޮށްފި 

ޚަބަރު ފަހުގެ


ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕީޖީ އޮފީހުން އެކުލަވާލާފައިވާ “ލެތުން” ޑޭޓާބޭސް އިފްތިތާހްކޮށްފިއެވެ.

އެކަމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި “ލެތުން” ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ހުސްނުއް ސުއޫދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ލެތުން” ޑޭޓާބޭސްއަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި، އެހެން ގާނޫނީ ވަސީލަތްތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

އެ ޕްލެޓްފޯމް ފަރުމާކޮށްފައިވާނީ ގާނޫނުތަކާއި ގަވާއިދުތަކަށް އެކި ފަހަރުމަތިން ގެނެސްފައިވާ އިސްލާހްތައް ގާނޫނާ އެއްކޮށް، ކޮންސޮލިޑޭޓްކޮށްގެން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އަދި ވަކިވަކި ކަމަކާ ގުޅޭގޮތުން ހޯދުމެއް ހޯދާނަމަ ވެބްސައިޓް މެދުވެރިކޮށް ސާޗްކުރެވޭނެ ކަމަށެވެ.

ވަކި މަޢުޟޫޢަކާއި ގުޅޭގޮތުން ހޯދާނަމަ “ޓެގްސް” ސާޗްކޮށްގެން އެ މަޢުޟޫޢަކާ ގުޅޭގޮތުން ހުރި ކޮންޓެންޓް ފެންނަން ހުންނާނެ ކަމަށާއި އަދި ފަހުން ބެލުމަށްޓަކައި މާއްދާތައް ބުކްމާކްވެސް ކުރެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި، ޔޫއެންޑީޕީ ގުޅިގެން ހަދާފައިވާ އޯޑިއޯ ވީޑިއޯ ފޮތްތަކެއް ނެރުންވެސް ކުރިއަށްދިޔައެވެ. އެއީ ޖިނާއީ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނާއި، ހެކިބަސްދޭ މީހުންނަށް މި ނިޒާމު ހިނގާގޮތް ދަސްކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ފޮތްތަކެކެވެ. އެ ފޮތްތައްވެސް “ލެތުން” އިން ފެންނަން ހުންނާނެއެވެ.


ރަސްމިއްޔާތުގައި ބަންޑާރަނާއިބު އަލްއުސްތާޒް އިބްރާހީމް ރިފްޢަތާއި، ޤާނޫނީ ފަންނުގެ އިސްވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ