ޖޫން 2 ވަނަދުވަހު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މުނޫ މަހާވަރުން ހަނިމާދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ތާވަލް ކޮށްފިއެވެ.
އިތުބާރު ހިފޭ މަސްދަރަކުން ވަނީ މި ދަތުރުފުޅުގެ މައުލޫމާތު ގޮށްކޮޅަށް ލިބިފައެވެ. އެފަރާތުން މައުލޫމާތު ދޭގޮތުން މިދަތުރުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހަނިމާދޫ ގައި ކުރިޔަށްދާ ޕްރޮޖެކްޓް ތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލާ ބައްދަލު ކުރުމާއި އެ ޕްރޮޖެކްޓުތައް ހިންގާން ހަމަޖެހިފައިވާ ސައިޓްތައް ބައްލަވައި ލެއްވުން ކަމުގައި ވެއެވެ.
އިންޑިއާގެ އެހީގައި ހަނިމާދޫގައި ހިންގަން ހަމަ ޖެހިފައިވަނީ ހަނިމާދޫ އެއާރޕޯޓް ޕްރޮޖެކްޓާއި އެގްރިކަލްޗަރ ރިސާޗް ސެންޓަރެކެވެ.
މި ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވެސް ސަފީރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.


