ހަނިމާދޫ ގައި މިއަދު 17:30 ހާއިރު ކަރަންޓު ކޭބަލެއް އަނދާ، ފާށަނާމަގުން ފެށިގެން އަރާމަގާއި ހަމަޔަށް ހިމެނޭ ސަރަހަދުން ވަނީ ކަރަންޓު ކެނޑިފައެވެ.
ކަރަންޓު ކެނޑުނު ވަގުތުން ފެށިގެން ހަނިމާދޫގައި ކަރަންޓު ހިދުމަތްދޭ ފެނަކައިން ދިޔައީ އެސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.
އެގޮތުން 20:00 ހާއިރު ވަނީ ފުރަތަމަ ފަހަރަށް އެ ސަރަހައްދުގެ ބޮޑު ބަޔަކަށް ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ. ނަމަވެސް ގިނައިރު ނުވެ ވަނީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައެވެ.
އެ ސަރަހައްދަށް ކަރަންޓު މައްސަލަ ޖެހުން ކޭބަލްގެ ބަދަލުގައި ވަގުތީ ކޭބަލެއް އަޅައި އެސަރަހައްދަށް ކަރަންޓު ފޯރުކޮށްދެވިފައި ވަނީ 21:30 ހާއިރުއެވެ.


