ރަސޫލާއަށް ފުރައްސާރަކުރި ބީޖޭޕީގެ ތަރުޖަމާން ސަސްޕެންޑުކޮށްފި

ޚަބަރު ފަހުގެ

ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބަދުބަސް ބުނި އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނޫޕޫރް ޝަރުމާ އެޕާޓީން ސަސްޕެންޑުކޮށްފިއެވެ.

އެޕާޓީން މިއަދު ބުނީ ނުޕޫރް ސަސްޕެންޑުކުރީ ޓީވީ ޕްރޮގްރާމެއްގައި އިސްލާމްދީނާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބަދުބަސް ބުނި މައްސަލައާ ގުޅިގެން ކަމަށެވެ. ބީޖޭޕީގެ ވެބްސައިޓްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން ހުރިހާ ދީނަކަށް އިހުތިރާމް ކުރާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބީޖޭޕީ އިން ނުޕޫރް ސަސްޕެންޑު ކޮށްފައި މިވަނީ އޭނާގެ ވާހަކަތަކުގެ ސަބަބުން އިސްލާމީ ބޮޑެތި ބައެއް ގައުމުތައް ކަމަށްވާ ގަތަރާއި ކުވައިތު ފަދަ މުސްލިމް ގިނަ ގައުމުތަކެއްގެ ޝަކުވާތަކާއި ކަންބޮޑުވުން އިންތިހާ އަށް ފާޅުކޮށްފައި ވަނިކޮށެވެ.

ޓީވީ ޕްރޮގްރާމުގައި ނުޕޫރް ވަނީ ކީރިތި ގުރުއާނަށް ވެސް ފުރައްސާރަކޮށް އެ ފޮތާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ނުޕޫރުގެ އިތުރުން ބީޖޭޕީގެ އެކި ފަންތީގެ ބޭފުޅުން ތަފާތު އެކި ފޯރަމްތަކުގައި އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވެއެވެ.

ބީޖޭޕީގެ އިތުރު ތަރުޖަމާނަކު ވެސް އެޕާޓީން ވަނީ ބޭރު ކޮށްފައެވެ. އޭނާ ބޭރުކޮށްލީ ސޯޝަލް މީޑިއާގައި އިސްލާމްދީނާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށް ބީޖޭޕީ އިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ