ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅު ހެދި މެންބަރުންނާއި މައްސަލަ ބޭރު ކުރަން ވޯޓު ދެއްވި މެމްބަރުން

ޚަބަރު ފަހުގެ

އިންޑިއާގެ ބީޖޭޕީގެ އިސް މީހުންތަކެއް ކީރިތި ރަސޫލާއަށް ފުުރައްސާރަކުރުމާ ގުޅިގެން އެކަން ކުށްވެރިކުރަން ދިވެހި ސަރުކާރަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރު ކުރަން ވޯޓު ދެއްވި މެމްބަރުންނާއި ކުއްލި މައްސަލަ އަށް ތާއީ ކުރި މެމްބަރުންގެ ނަންތައް ހާމަވެއްޖެއެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައި ވަނީ 10 މެމްބަރުންނެވެ. އެއީ މަޖިލިހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނާއި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ފެލިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު އާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ޣައްސާން މައުމޫން އާއި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަ މެމްބަރުން ތިއްބެވިއެވެ.

ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވި މެމްބަރުން:

  • ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

2- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު

3- މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

4- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް

5- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

6- މައްޗަންގޮޅި އުތުރު މުހައްމަދު ރަޝީދު

7- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

8- ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

9- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު

10- ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

11- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

12- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

13- ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު

14- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

15- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް

16- މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ

17- ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު

18- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު

19- ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް

20- އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން

21- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

22- ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު

23- ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލް ހަކީމް

24- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

25- ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން

26- ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

27- ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު

28- ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣްނީ

29- މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން

30- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް އިބްރާހިމް

31- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

32- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

33- ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ