ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތު ކުދިންނަށް ވެކްސިން ޖަހަން މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވިލިމާލެ ހޮސްޕިޓަލުގައި މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ތުއްތުކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާއި ގުޅިގެން، ވިލިމާލެ ހޮސްޕިޓަލުން ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލެވިފައިވާތީ، އެކަމުގެ ސަބަބުން އެހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވި ދަތިތަކަށް ހޮސްޕިޓަލުގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.
އެމައްސަލަ ތަހުޤީޤުކޮށް މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ، އެކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ އިރުޝާދާ އެއްގޮތަށް، އެހޮސްޕިޓަލުގެ ބެލުމުގެ ދަށުން މާދަމާއިން ފެށިގެން އަލުން ވެކްސިން ދޭން ފަށާނެ ކަމަށެވެ.


