ހުޅުމާލެ ފްލެޓެއްގެ ތިންވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެ އެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި ވެއްޓިފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާއަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ


