ޕީޖީ އޮފީހުން މިދިޔަ މަހު 185 ދައުވާ އުފުލައިފި

ޚަބަރު ފަހުގެ

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ ތެރޭގައި 185 މައްސަލައެއްގައި ދައުވާ އުފުލައިފި އެވެ.

މިދިޔަ މަހު ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައިވާއިރު މިދިޔަ މަހު އެ އެ އޮފީހަށް 246 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން ދައުވާކުރުމަށް ކޯޓުތަކަށް ފޮނުވާފައިވަނީ 185 މައްސަލައެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 108 މައްސަލައަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެވެ. މިއީ ހުށަހެޅުނު މައްސަލަތަކުގެ 58 އިންސައްތަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ގިނަވަމުން އަންނައިރު މިދިޔަ މަހު ޑްރަގް ކޯޓުން ޖުމްލަ 76 މައްސަލައެއް ބަލައި ނިންމާފައިވެ އެވެ. ޑްރަގް ކޯޓު ފިޔަވައި އެހެން ކޯޓުތަކުން ޖުމްލަ 31 މައްސަލައެއް ބަލާފައިވާއިރު، އޭގެތެރެއިން 24 މައްސަލައެއް ވަނީ ސާބިތުވެފަ އެވެ. ފަސް މައްސަލައެއް ސާބިތުނުވާއިރު، ދެ މައްސަލައެއްގެ ދައުވާ މަދަނީ މިންގަނޑުން ބާތިލްކޮށްފަ އެވެ.

މިދިޔަ މަހު އެންމެ ގިނަ ދައުވާތައް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. 73 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާއިރު، 50 މައްސަލައާއެކު ދެވަނައަށް އެންމެ ގިނަ ދައުވާ ހުށަހަޅާފައިވަނީ ޑްރަގް ކޯޓަށެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ