ވަގުތަށް ނަމާދު ކުރުމަކީ ހަރުކަށިކަމާ ގުޅުން ހުރި ކަމެއް ނޫން: ޑރ. ޝަހީމް

ޚަބަރު ފަހުގެ ދީން

ވަގުތަށް ނަމާދު ކުރުމަކީ ހަރުކަށިކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމު އޮންނަންޖެހޭނީ އިސްލާމްދީނަށް ލޯބި ޖެއްސުމުގެ މައްޗަށް ކަމަށާއި މިހެން ކަމުން ނަމާދު ކުރުމަށް ބާރު އެޅުމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ވާރުތަވަމުން އައި ކަމެއް ކަމަށެވެ. އަދި އެކަމަކީ ހަރުކަށިކަމާ ގުޅުންހުރިކަމެއް ނޫން ކަމެއް ކަމަށާއި ނަމާދަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ ދީނުގެ އެންމެ މަތީ ރުކުން ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޑރ. ޝަހީމް ވިދާޅުވީ، މިފަދަ ގޮތަކަށް ކިޔައިދެނީ ރާއްޖޭގައި ސެކިއުލަރިޒަމް ބޮލުގެ ތެރެއަށް ވެއްދުމަށް ކަމަށެވެ.

“ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއް.” ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.


ޑރ. ޝަހީމް މިހެން ވިދާޅުވެފައިވަނީ، ސުކޫލު ޓީޗަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ޕްރޮގުރާމެއްގައި ނަމާދު ގަނޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނާ ޕްރެޒެންޓޭޝަންގެ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ