ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއްގެ ގޮތުގައެއް ނުދެކެން: މިނިސްޓަރު

ޚަބަރު ފަހުގެ

ސްކޫލްތަކުގައި ނަމާދުކުރުމަކީ ހަރުކަށި ކަމެއް ކަމުގައި ނުދެކޭކަމަށާއި ނަމާދުކުރުމަކީ ސުކޫލުތަކުން ބާރުއަޅާނެކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސްކޫލު ޓީޗަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ޕްރޮގުރާމެއްގައި ނަމާދު ގަނޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބުނާ ޕްރެޒެންޓޭޝަންގެ ފޮޓޯއެއް މީސްމީޑިއާގައި އާއްމުވުމުން އެކަމާ ގުޅޭ ގޮތުން މިއަދުގެ މަޖިލިސް ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެންބަރުންގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ “ޕްރެކްޓިސިން އިސްލާމް” ކަމަށެވެ.

“ސްކޫލުތަކުގެ ތެރޭގައި ނަމާދު ކުރުން އެއީ ހަރުކަށި ކަމެއްކަމު ނުބަލަން. އެއީ އިސްލާމްދީނުގެ ރުކުނެއް. އެހެންވީމާ ނަމާދު ކުރަން ސްކޫލުތަކުން ހަމަ އެންކަރޭޖް ކުރާނެ.” މިނިސްޓަރު

ޔޫތު މިނިސްޓްރީއާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާރާއި ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރަށް އައިޔޫއެމްއާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ “ހަފްތާރެސް”ގައި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ.

އޭގެ ތެރޭގައި ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން ހިމަނައިގެން ތައްޔާރުކުރި ލިސްޓަކީ ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ބުނެދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ