އަންހެނެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޚަބަރު ފަހުގެ

ގއ. ވިލިނގިލީގައި އަންހެނެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ ގ. ޗެރީހައުސް، އަލީ ހަސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާއިރު އޭނާ ހުރީ އެމައްސަލާގައި ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި 150 ދުވަހަށް ޖަލަށް ލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ މައްސަލާގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ. އޭނާ މީގެ ކުރިންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކުރިއެވެ.

އޭނާގެ ބަންދު ރިވިއު ކުރަން ކޯޓަށް ހާޒިރުކުުރުމުން، ޖޫން ތިން ވަނަ ދުވަހު އޭނާ ދޫކޮށްލަން އަމުރު ކުރިއެވެ. ނަމަވެސް މިއަދު ވަނީ އޭނާ ހައްޔަރު ކުރުމަށް އަމުރު ކޮށްފައެވެ.

އޭނާ ވަނީ ހުއްދަ ނުހޯދާ ވިލިނގިލީ ގެއަކަށް ވަދެ، އެގޭގައި ތިބި މަޔަކާ މާރާމާރީ ހިންގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު އިނގިއްޔެއް ބުރިކޮށްލާފަ އެވެ. އެމައްސަލާގައި އޭނާގެ މައްޗަށް ކުރަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާއި ގައިގާ އަތްލުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަތްކަން ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގައިގައި އަތްލުމުގެ ކުށް ސާބިތުވެއްޖެނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނައިރު، އަނިޔާއެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ