ނޯތް ލީގް: ހަނިމާދޫ ކައުންސިލް ޓީމް އަމިއްލަ ދަނޑުގައި ފުރަތަމަ މެޗުން ބަލިކޮށް ޒިގްޒެގް ފެށުން ރަނގަޅުކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ނޯތު ލީގުގެ ފުރަތަމަ މެޗުގައި ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ” ބަލިކޮށް ކުޅުދުއްފުށީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މެޗު ޒިގްޒެގުން ކާމިޔާބުކުރީ 3 – 1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ ޒިގްޒެގް ފަރާތުންނެވެ. އެއި މިމެޗުގެ 9 ވަނަ މިނެޓްގައި އެޓީމުގެ ޖޯޒީ ނަމްބަރު 8 އުސައިދު އަލީ ޖަހައިދިން ގޯލެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަނިމާދޫ ކައުންސިލް ޓީމް “ޓިމް ހަނިމާދޫ”ގެ އާސިފް ސަލީމް (އާސިއްޕެ)ގެ ލަނޑުން ހަނިމާދޫއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެއީ 43 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފުގައި ޒިގްޒެގުގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ޒިގްޒެގުން ކާމިޔާބުކުރި ދެވަނަ ލަނޑު 78 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 21 ޒައިދު މުހައްމަދެވެ. އަދި ތިންވަނަ ލަނޑު 86 ވަނަ މިނެޓުގައި ޖަހައިދިނީ ޖޯޒީ ނަމްބަރު 11 މުހައްމަދު ނަޝީދުއެވެ.

ނޯތު ލީގުގައި އިއްޔެ ކުޅެވުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ދިއްދޫއިން ވަނީ އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރއާ 1 – 1 ން އެއްވަރުވެފަ އެވެ.

ނޯތް ލީގުގައި ބައިވެރިވެފައިވަނީ 16 ޓީމެވެ. 16 ޓީމް 4 ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ޒިގްޒެގު، ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ”ގެ އިތުރުން އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރއާއި ދިއްދޫ ޓީމުގެ އިތުރުން ނެއްލައިދޫ އެވެ. ދެ ރައުންޑަށް ބަހާލައިގެން ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ޖުލައިމަހު 4 އާ ހަމައަށް ކުރިއަށްދާނެއެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ 18 ވަނަ ދުވަހުއެވެ. އެދުވަހު ހަނިމާދޫ ދަނޑުގައި ބައްދަލު ކުރާނީ ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ” އާއި ދިއްދޫ އެވެ. ދިއްދޫ ދަނޑުގައި ކުޅޭނީ ކުޅުދުއްފުށީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން އާއި ނެއްލައިދޫ އެވެ. މިދެމެޗުވެސް ފަށާނީ 16:00 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ