ބޮޑުތިލަދުންމަތީގެ ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު، ހަނިމާދޫގައި ބާއްވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

‏މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން  ހއ. ހދ. އަދި ށ. އަތޮޅަށް ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުގެ “ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު” ހަނިމާދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. މި މައުރަޒުގައި 3 އަތޮޅުން 20 ރަށެއްގެ 84 ދަނޑުވެރިން ބައިވެރިވެފައިވެއެވެ.

‏މި މަޢުރަޒުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ މިގޮތަށް ކުރިއަށް ގެންދާ ސަރަހައްދީ ފުރަތަމަ މަޢުރަޒެވެ. މި މަޢުރަޒުގައި ދަނޑުވެރިންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވާއިރު، ތިމާވެއްޓާއި ރަޙުމަތްތެރި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާނެ ގޮތުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދީފައި ވެއެވެ.

މީގެއިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް މިއަދުގެ މަޢުރަޒުގައި ބައިވެރިވި ދަނޑުވެރިންގެ އުފެއްދުންތައް ތަޢާރަފު ކޮށްދީފައި ވާއިރު ދަނޑުވެރިންނާއި އެ ވިޔަފާރިވެރިންނާއި ގުޅުން އުފައްދައިދީ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފު ކޮށްދީފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ