ޔޯގާ ރާއްޖޭގައި ފަތުރާތީ އެކަމުގެ ނުބައިކަން މިނިސްޓަރު މަހުލޫފް ގެ ސަމާލުކަމަށް ސަލަފުން ގެނެސްފި

ޚަބަރު ފަހުގެ

ހިންދޫދީނާއި ބުދު ދީނުގެ އަޅުކަމެއް ކަމުގައިވާ ޔޯގާ، ކަސްރަތެއްގެ ސިފާގައި ދިވެހިރާއްޖޭގައި ފަތުރައި، އެކަމަށް ޚާއްޞަދުވަހެއް ފާހަގަކުރާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންމްޕަވަރމެންޓް އަޙްމަދު މަޙްލޫފަށް ސިޓީއެއް ފޮނުވައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ސަލަފުގެ ފަރާތުން ފޮނުވި ސިޓީގައި ޔޯގާއަކީ ޣައިރުދީނުގެ އަޅުކަމެއްކަން އެދީންތަކުގެ ފޮތްތަކާއި އަދި އެދީންތަކުގެ ރާހިބުންގެ ބަސްތަކުން އެނގޭއިރު ދިވެހިރާއްޖޭގައި އެފަދަ ކަންކަން ކުޅިވަރުގެ ނަމުގައިވިޔަސް ކުޅުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ އަައި ޚިލާފުކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ޔޯގާ އަކީ އިސްލާމްދީނުގެ އަސާސް ކަމަށްވާ އެއްކައުވަންތަ ކުރުމުގެ ޢަޤީދާ އާއި ފުށު އަރާ ކަމެއްކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
‎ސިޓީ ނިންމާލަމުން މުންކަރާތްތައް ނަހީކޮށް ހެޔޮކަންތައްތަކަށް ގޮވާލުމަކީ ޔޫތު މިނިސްޓްރީގެވެސް ޒިންމާއެއްކަން ހަދާކޮށްދީފައިވެއެވެ.

‎ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ އިންޓަނޭޝަނަލް ޔޯގާ ޑޭ ގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. ރާއްޖޭގައިވެސް މިދުވަސް އަންނަނީ ކުރީއްސުރެ ފާހަގަ ކުރަމުންނެވެ. ހަމައެއާއެކު ކޮންމެ އަހަރަކުވެސް ޔޯގާގެ ޙުކުމާއި އޭގެ އަޞްލު ޢިލްމުވެރިން އަންނަނީ ބަޔާންކޮށްދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ