މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސްގެ ފަރާތުން ހަނިމާދޫގައި ހެލްތު ކޭމްޕެއް ބާއްވައިފި

ހަނިމާދޫ ޚަބަރު ފަހުގެ ޞިއްހަތު

މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) ފަރާތުން ހަނިމާދޫގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ހެލްތު ކޭންޕެއް ކުރިއަށް ގެންގޮސްފިއެވެ.

މިކޭމްޕު ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މި ކޭމަޕުގައި ހަނިމާދޫގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބޭރު މަސައްކަތްތެރިން ވަނީ ބައިވެރި ވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ޑަބްލިޔުއެޗްއޯ އާއި މޯލްޑިވްސް ޕާޓުނަޝިޕް ދަށުންކަމަށާ ހަނިމާދޫގައި މި ކޭމްޕް މިބޭއްވުނީ ހަނިމާދޫ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށްވެސް އެމްއެމްޑަބްލިއުއެމް ބުންޏެވެ.

މިއީ އެމްއެމްޑަބްލިއުއެމް ފަރާތުން މާލޭން ބޭރުގައި މިފަދަ ކޭމްޕެއް ބޭއްވި ދެވަނަ ފަހަރެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާރސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އަކީ ނޮވެމްބަރ 2020 ފެށިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދާދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓަރ ކުރެވިފައިވާ ފުރަތަމަ އެންޖީއޯ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ