ސިންގަޕޫރު ސަފީރު ކަމަށް ތަސްނީމްއަށް ރުހުން ދީފި

ޚަބަރު ފަހުގެ

ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް ހ.ރުވާމާގޭ އަހުމަދު ތަސްމީން އަލީ އައްޔަންކުރަން މަޖިލީހުން ރުހުންދީފިއެވެ.

ސިންގަޕޫރުގެ ސަފީރުކަމުގެ މަޤާމަށް ތަސްމީން އައްޔަން ކުރައްވަނީ އެމަޤާމުގައި މިހާރު ފުރުއްވަމުންދާ އިބްރާހިމް ޝަހީބްގެ ބަދަލުގައެވެ. ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ތަސްމީން އައްޔަންކުރުމަށް ރުހުންދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތަސްމީނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ތަސްމީނާ އިންޓަވިއުކޮށްފައެވެ. ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ތަސްމީނަކީ ކަމާގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، އޭނާއަކީ މަގާމަށް އައްޔަނު ކުރަން އެކަށީގެންވާ ބޭފުޅަކަށް ވާތީ އޭނާއަށް ރުހުން ދިނުމަށް ފެންނަކަމަށެވެ.

ސިންގަޕޫރު ސަފީރުކަމަށް ތަސްމިން އައްޔަންކުރައްވަން ނިންމަވާ، އެޤައުމަށް ކުރިން ކަނޑައަޅާފައި ހުންނެވި އިބްރާހީމް ޝިހާބު ވަނީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅަ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ނިންމަވާފައެވެ. ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި އެ މައްސަލައަށް ކޮމިޓީން އަދި ގޮތެއް ނުނިންމައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ