ރައީސްގެ ދެކަނބަލުން މާދަމާ ހައްޖަށް ފުރާ ވަޑައިގަންނަވަނީ

ޚަބަރު ފަހުގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ހައްޖުގެ މަތިވެރި އަޅުކަމަށް އަދާކުރެއްވުމަށް މާދަމާ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ވަޑައިގެންނަވަނީ ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސްގެ ހައްޖު ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ އަމީރުލް ހައްޖަކަށް ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދިން މިންވަރު ވަނީ މަދުކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ