ސުވާލު: މިއަހަރުގެ ޢަރަފާތް ދުވަސް ދިމާވަނީ ހުކުރު ދުވަހަކާއި ކަމުން އެދުވަހުގައި ރޯދަ ހިފިދާނެތޯ؟ މިހެން މިދެންނެވީ، ހުކުރު ދުވަހު އެކަނި ރޯދަ ނުހިފުމަށް ޙަދީޘް ގައި އައިސްފައިވާތީވެއެވެ؟
ޖަވާބު: ޢަރަފާތް ދުވަސް ހުކުރު ދުވަހަކާ ދިމާވާތީ، ހުކުރު ދުވަސް އެކަހެރިކޮށް ރޯދަ ހިފިޔަސް ރަނގަޅު ވާނެތޯ ވަރަށް ގިނަ މީހުން ސުވާލުކުރާތީ ދަންނަވަމެވެ.
ހުކުރު ދުވަސް ވެސް އަދި ހޮނިހިރު ދުވަސް ވެސް ވަކިވަކިން އެކަހެރިކޮށް ރޯދަ ހިފުމަށް ޚާއްޞަ ނުކުރުމަށް އިރުޝާދު ދެއްވައިފައިވަނީ އެއްވެސް މުނާސަބަތަކާ ނުލައި، މީހަކު އަމިއްލަ އަމިއްލައިން ހިފާ ރޯދައިގައެވެ.
އެއީ، ޢަރަފާތް، ޢާޝޫރާ، އަދި ޤަޟާ ރޯދަ ފަދަ ރޯދަތައް އެ ދުވަހާ ދިމާވެއްޖެއްޔާ އެކަހެރިކޮށް ނުހިފަން އޮތް އިރުޝާދެއް ނޫނެވެ. އެ ފަދަ ރޯދަތައް އިސްތިސްނާވެގެންވެއެވެ. والله أعلم!
ޖަވާބު ދެއްވީ: الشَّيْخ شَفِيْعُ عَبْدُ الله


